Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

އާދަމް، ތޯރިގު އަދި ދިޔާނާ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް

ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދާއި، މި ސަރުކާރުގެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި އެވެ.

މި މަގާމަށް މި ބޭފުޅުން އައްޔަންކޮށްފައިވަނީ އެކި ދުވަސްމަތިންނެވެ.

މި މަގާމަށް އައްޔަންކުރުމުގެ ކުރިން އާދަމް ޝަރީފް ހުންނެވީ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ތޯރިގު އިބްރާހީމް ހުންނެވީ ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ.

މީގެއިތުރުން ދިޔާނާ ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ކެމްޕޭން ކޮށްދެއްވާފަ އެވެ.

ކައުންސިލް އިންތިހާބަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ އަދަދު ވަނީ 15 އަށް މަދުކޮށްފަ އެވެ.