Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

އިމިގްރޭޝަންގެ މުވައްޒަފުންނަށް ފަސްޓް އެއިޑް ކޯހެއް

އިމިގްރޭޝަންގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ކޯހެއް ފަށައިފި އެވެ.

އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒްގެ ދަރިވަރުންނަށް ހިންގާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ފަސްޓްއެއިޑަކީ ކޮބައިކަމާއި، ހަށިގަނޑުގެ ބައެއް މުހިންމު ސިސްޓަމްތައް މަސައްކަތްކުރާ ގޮތާއި، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖް ކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި، ބަލި މީހުން އެސެސް ކުރާނެ ގޮތާއި މަސްކިއުލާ ސްކެލަޓަލް އިންޖަރީސް އާއި، ސްޓިންގްސް އެންޑް ބައިޓްސްއާއި، އެންވައިރަމަންޓަލް އިންޖަރީސް އާއި ކޮމަން މެރިން އިންޖަރީސް ފަދަ އެހެނިހެން މުހިންމު އަދި އާންމުކޮށް ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރާނެގޮތް ކިޔަވައިދީ އިމްތިހާނު ކުރުމަށް ހަމަޖެހިފައި އެވެ.

މި މަހުގެ 21 އަންނަ މަހުގެ 9 އަށް ތިން ބެޗަކަށް ބަހާލައިގެން ކުރިއަށްދާ ކޯހުގައި 70 މީހަކު ބައިވެރި އެވެ.

ކޯހުގައި ކިޔަވައި ދެއްވަނީ އެމްއެންޑީއެފް މެޑިކަލް ކޯ އާއި މިލިޓަރީ ސްކޫލް އޮފް މެޑިސިންގެ ތަޖުރިބާކާރު މުދައްރިބުންނެވެ.