ރ. ރަސްގެތީމުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ރަސްގެތީމު ސޯސަންގޭއިބްރާހީމް ޔޫސުފް، 55، ގެ ޚަބަރެއް ނުވެ ދެ ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 10:00 ޖަހަން އުޅެނިކޮށް އޭނަ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އެ މީހާ އަކީ އެކަނި ދިރިއުޅެމުން އައި މީހެކެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ޝައްކުވާ ކަހަލަ ކަމެއް ފާހަގަވެފައިވާ ނެތް ކަމަށެވެ. އެގޮތުން ޔޫސުފްގެ ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ވެސް ނެތްް ކަމަށެވެ.