Last Updated: July 11, 13:48
Saturday, July 11, 2026
ރިޕޯޓް

އަމިއްލަ ނަފްސަށް އިޙްތިރާމް ކުރާނީ ކިހިނެއް؟

މީހުންގެ ބޭނުންތައް ފުއްދައި ދިނުމުގައްޔާއި ވަޒީފާގެ ބުރަ މަސްޢޫލިޔަތު އުފުލުން ފަދަ ކަންކަމުގައި ވަރަށް ގިނަ ބަޔަކު ވަނީ ޢަމިއްލަ ނަފުސުގެ މަތިން ހަނދާން ނައްތާލައިފަ އެވެ. އަމިއްލަ ނަފުސަށް ވަގުތު ދޭން ނުވަތަ އަމިއްލަ ނަފުސަށް އިޙްތުރާމް ކުރަން ނޭނގިފަ އެވެ.

މި ލިޔުމުގައި މި ހިމަނާލަނީ އަމިއްލަ ނަފުސަށް އިޙުތުރާމު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

• މީހުންގެ ގާތުގައި އާދޭސް ކުރުން ހުއްޓާލާށެވެ.
• ވާހަކަ ދެއްކުމުގެ ކުރިން ވިސްނާށެވެ.
• މީހުން ބޭނުން އެއްޗެއް ހީކުރަން ދޫކޮށްލާށެވެ.
• މީސްތަކުންނާ ވާހަކަ ދެއްކުމުގެ ކުރިން ﷲ އަށް ދަންނަވާށެވެ.
• ތިބާގެ ފާފަތައް ވަންހަނާ ކުރާށެވެ.
• ގަޑިއަށް އަންނާށެވެ. ގަޑިއަށް ދާށެވެ.
• ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވާހަކަ ދެއްކުން ހުއްޓާލާށެވެ.
• ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކަންކަން ތަކުރާރު ނުކުރާށެވެ.
• ވައުދުތައް ފުއްދާށެވެ.
• ކޮންމެ ކަމަކަށް ހޭން ނުޖެހޭނެ އެވެ.
• ނުދޭ އެއްޗަކަށް ނޭދޭށެވެ.
• ތިބާގެ މަތިން ހަނދާން ނުވާ ތިބާއަށް އިޙުތިރާމު ނުކުރާ ތަންތަނަށް ޒިޔާރަތް ކުރުން މަދުކުރާށެވެ.
• ލަދުވެތިކަން އިސްކުރާށެވެ.
• ރައްދު ދިނުމުގެ ކުރިން އިސްތިޣްފާރު ކުރާށެވެ.
• ބަދަލަކަށް އުންމީދުކުރުމުގެ ކުރިން އަމިއްލަ ނަފްސު އިސްލާހު ކުރާށެވެ.
• ތިބާ ބަލާ އެއްޗެހި ކޮންޓްރޯލް ކުރާށެވެ.
• ހަމައެކަނި ހަލާލު އަދި ތާހިރު ތަކެތި ކާށެވެ.
• އަބަދު ވެސް އެންމެ ރީތިކޮށް ހުންނާށެވެ.
• ތިބާއާ ނުބެހޭ ކަންކަން ދޫކޮށްލާށެވެ.

މައުލޫމާތު: ހިލޭ ފަރުވާ