Last Updated: July 18, 17:09
Saturday, July 18, 2026
ޚަބަރު

މޯލްޑިވްސް ޑިޖިޓަލް ސަމިޓު ފަށައިފި

މޯލްޑިވްސް ޑިޖިޓަލް ސަމިޓް ފަށައިފި އެވެ.

މިއީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމްޑީއެސް) އާއި ވޯލްޑް ބޭންކް ގުޅިގެން ބާއްވާ ސަމިޓެކެވެ.

ބާސެލީ ނަސަންދުރާގައި އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ސަމިޓު މިއަދު ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

މި ސަމިޓަކީ ރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ސަމިޓެކެވެ. އަދި މި ސަމިޓަކީ މޯލްޑިވްސް 2.0 ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0 ގެ ވިޝަން ޙާސިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި ސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއް ތަނަކުން ފެނިގެން ދާނެ ސަމިޓެކެވެ.

ސަމިޓުގެ މައިގަޑު މަގްސަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ޕަބްލިކް ސާވިސަސް ޒަމާނީ ކުރުމާއި، ޑޭޓާ ޑްރައިވިން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެއެވެ.

މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭ ގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްޞާކުރުމަށް ހަމަޖެހިފައިވެ އެވެ.

ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

* ގަވަނަންސް އެންޑް އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ފޮ ޑިޖިޓަލް ޓްރާންސްފޯމޭޝަން
* ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރި އަދި އިންޓަރއޮޕަރަބަލް ޑޭޓާ ޝެއާ ކުރުން
* ސިޓިޒަން ސެންޓްރިކް ސާވިސް ހަރުދަނާ ކުރުން
* ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އާއި ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް
* އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޯލޮޖީސްތައް ޒިންމާދާރު ގޮތުގައި ބޭނުން ކުރާނެ ގޮތް
* މޯލްޑިވްސް 2.0 ގެ މަގުޗާޓުގައިވާ ހަރަކާތްތައް އިމްލިމެންޓްކޮށް ތަރައްޤީ ކުރާނެ ގޮތް