Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

ބައެއް މިނިސްޓަރުން ވަކިކުރީ ޕަފޯމަންސް ދަށްވެގެނެއް ނޫން

ބައެއް މިނިސްޓަރުން ވަކިކޮށް، މިނިސްޓްރީތައް މަދުކޮށް ކެބިނެޓަށް ބަދަ؛ލުތަކެއް ގެނައީ އެއްވެސް މިނިސްޓަރަކު މަސައްކަތަށް ފަރުވާ ކުޑަވެގެން ނޫން ކަމަށާއި އެއީ ސަރުކާރު ކުޑަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނެންގެވި ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެގޮތަށް ވިދާޅުވީ ވަކިކުރެއްވި ބައެއް މިނިސްޓަރުން މިހާރު އެހެން މަގާމުތަކަށް އައްޔަންކޮށްފައިވާތީ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ޕޮލިޓިކަލް އެޕޮއިންޓީސް މަދު ކުރުމާއި ސަރުކާރުގެ ހިންގުމުގެ ހަރަދު މަދު ކުރުމަކީ ވަރަށް ވެސް އިސްކަމެއް ދީގެން ކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން މިނިސްޓްރީތައް ވެސް މަދު ކުރުމަކީ އެކަމުގެ ތެރެއިން ކުރެއްވި ފުރަތަމަ މަސައްކަތް ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޕާފޯމަންސް ބޭސްކޮށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތްތައް ކުރިއަށް މިދަނީ ވަޒީފާއަށް ގަޑިއަށް ހާޒިރުވުމާއި ހާޒިރީ ރަނގަޅަށް ހުރުމާއި މަސައްކަތްތައް ރަނގަޅަށް ކުރުން ފަދަ ކަންކަމަށް އެބަ ބަލަން

"މިނިސްޓަރުންނަށް ތިއްބެވި ބޭފުޅުން ވެސް ވަކި ކުރުމުގައި ޕާފޯމަންސްއެއީ އެއްކަންތައް އަދި އެހެން ކަންތައްތައް ވެސް އަޅުގަނޑު ހުންނާނެ ބަލާފައި ސަރުކާރުގެ ސައިޒް ކުޑަކުރަން،" ރައީސް ވިދާޅުވި އެވެ. "ކޮންމެ ބޭފުޅަކު ވަކި ކުރީ ޕާފޯމަންސް ދަށްވެގެނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅުން ވެސް އެބަތިއްބެވި. "އެހެން ނަމަވެސް ސަރުކާރުގެ ސައިޒް ކުޑަކޮށް ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލު ކުރުމަށް ނުވަތަ ސިސްޓަމް ބަދަލު ކުރުމަށް ގެނައި ބަދަލުތަކެއް އެއީ. އެހެންކަމުން ކޮންމެ ކޮންމެ ބޭފުޅަކީއެއް މަސައްކަތަށް ފަރުވާތެރިކަން ކުޑަވެގެން ނުވަތަ މަސައްކަތް ނުކޮށްގެން ވަޒީފާއިން ވަކި ކުރީއެއް ނޫން ނުވަތަ އެބޭފުޅުން ރިޒައިން ކުރީއެއް ނޫން."

ރައީސް ވިދާޅުވެފައި ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްތައް ބައްޓަން ކުރަން ކަމަށެވެ.

ވަކި ކުރި މިނިސްޓަރުންގެ ތެރެއިން ކުރީގެ ލޯކަލް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން އައްޔަންކޮށްފަ އެވެ،