Last Updated: July 12, 22:47
Monday, July 13, 2026
ޚަބަރު

ފެނަކައިގެ އެމްޑީއަކަށް އަފީފް

ފެނަކަ ކޯޕަރޭޝަންގެ ހުސްވެފައި އޮތް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް ހުސައިން ހަމަޖައްސައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު މި ހިނގާ އެޕްރީލް މަހުގެ ހަވަނަ ދުވަހު މަގާމުން ވަކިކުރުމުންނެވެ.

މުހައްމަދު އަފީފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސި ތިންވަނަ ބޭފުޅާ އެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ މުހައްމަދު އަފީފް މީގެކުރިން ވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޗެއާމަންކަމާއި ބޯޑު މެންބަރުކަންވެސް ކުރައްވާފަ އެވެ. އެންމެފަހުން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ.