ދިފާއީ ގުޅުންތައް ބަދަހިކުރަން ސައުދީ އަރަބިއްޔާގެ މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުގެ އަރިހަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްޤަހުތާނީ ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމަށް ސައުދީން ފޯރުކޮށްދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.