Last Updated: May 16, 13:02
Thursday, May 16, 2024
ޚަބަރު

ރައީސް ޔާމީން އަމިއްލަ ގެ ދޫކުރައްވައި ހިލާލީ ގެއަށް!

ހިލާލީ ގޭގެ ބޭރުގައި ސިފައިން ފޯރިމަރަނީ. ފޮޓޯ:ހަވީރު

ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެހި ދޫކުރައްވައި ހިލާލީގެއަށް މިއަދު ބަދަލުވެވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އާއި އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ އިތުރުން، ހަގު ދަރިކަލުން ވަނީ ހިލާލީގެއަށް ބަދަލުވެވަޑައިގެންފައެވެ. އެބޭފުޅުން ހިލާލީގެއަށް ބަދަލުވެ ވަޑައިގަތީ ރައީސް ޔާމީންގެ އަމިއްލަފުޅުގެ މަރާމާތު ކުރުމަށް ކަމަށްވެއެވެ.

ހިލާލީގެއަށް ރައީސް ޔާމީން ބަދަލުވެ ވަޑައިގެންނެވި އިރު އެގެ ވަނީ ވަރަށް ފަހުން ބޮޑު މަރާމާތެއް ކޮށްފައެވެ. އެގެ މަރާމާތު ކުރަމުން ދިޔަ އިރު ޖަސްޓިސް ބިލްޑިންގ އިން އެގެ ފެންނަން ހުރި ދިމާލުގެ ކުޑަ ދޮރުތައް ވަނީ ބަންދުކޮށްފައެވެ.