Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ޝައިހު އާސިމް ރާއްޖެ ވަޑައިގެންފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝެއިހް އާސިމް އަށް މަރުހަބާ ދެންނެވީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.

ރާއްޖޭގެ ސިޓީތަކުގައި ހާއްސަ ދަރުސްރަކެއް ކުރިއަށް ގެންދިއުމަށްޓަކައި މި ދަތުރު ހަމަޖައްސާފައި ވަނީ "ދަ ޓްރެވަލާ" އިންނެވެ. އެގޮތުން ޝައިހް އާސިމްގެ ދަތުރުގައި ރާއްޖޭގެ ފަސް ސިޓީ އަށް ވަޑައިގަންނަވާނެ އެވެ.

ޝައިހްގެ ދަރުސް ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތް:

* ކުޅުދުއްފުށި ދަރުސް: އެޕްރީލް 28 ގައި
* މާލެ ދަރުސް: އެޕްރީލް 29 ގައި
* އައްޑޫ ދަރުސް: އެޕްރީލް 30 ގައި
* ފުވައްމުލައް ދަރުސް: މެއި 1 ގައި
* ތިނަދޫ ދަރުސް: މެއި 2 ގައި

މި ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ފުރުސަތު ވެސް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.

މީގެ ކުރިން ވެސް ބޭރުގެ މަޝްހޫރު ދީނީ އިލްމުވެރިން ރާއްޖެ ވަޑައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ދަރުސްތައް ދީފައިވެ އެވެ. އޭގެ ތެރޭގައި ޑރ. ޒާކިރު ނައިކާއި މުފްތީ މެންކް ފާހަގަކޮށްލެވެ އެވެ.