Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ޝައިހް އާސިމްގެ ފުރަތަމަ ދަރުސް މިރޭ

ސައުދީ އަރަބިއްޔާގެ ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް ރާއްޖޭގެ ސިޓީތަކުގައި ދެއްވަން ނިންމާފައިވާ ދަރުސް ޕްރޮގްރާމްގެ ފުރަތަމަ ދަރުސް މިރޭ ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

މިރޭ 8:30 ގައި ފަށަން ހަމަޖެހިފައިވާ އެ ދަރުސް އޮންނާނީ އެ ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

ޝައިހް އާސިމްގެ ދަރުސް ދެއްވަން ހަމަޖެހިފައިވާ މައުޟޫއަކީ އުމްރާގެ އަޅުކަމަށް ތައްޔާރުވުމެވެ.

ރާއްޖޭގެ ފަސް ސިޓީގައި ޝައިިހް އާސިމްގެ ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ ރާއްޖޭގެ އުމްރާ ގްރޫޕެއް ކަމަށްވާ ދަ ޓްރެވެލާ އިން އިންތިޒާމުކޮށްގެންނެވެ. އެގޮތުން ކުޅުދުއްފުށި، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫގައި ޝައިހް ދަރުސް ދެއްވާނެ އެވެ.

މި ދަރުސްތަކުގައި ދީނީ ގޮތުން އާންމުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތައް ސާފު ކުރުމަށްޓަކައި ސުވާލު ކުރުމުގެ ފުރުސަތު ވެސް ދޭން ހަމަޖެހިފައިވެ އެވެ.