Last Updated: June 5, 10:15
Friday, June 5, 2026
ޚަބަރު

ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ސައިކަލެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:30 އެހާކަށްހާއިރު ކަމަށެވެ. ރޯކޮށްލި ސައިކަލަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެވެ. އެ ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދައިލީ ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުއްޓަ އެވެ

އެނގިފައިވާ ގޮތުގައި ސައިކަލުގެ ވެރި މީހާ ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖްގެ މަގާމު ހުރި ފުލުސް މީހާ އެވެ.

ސައިކަލުގައި ރޯކޮށްލި ހާދިސާގައި ގޭގެ ބޭރު ދޮރަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މިކަމާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.