Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

ދިވެހިންނަށް ހާއްސަ ވިސާއަކަށް ލަންކާގައި އެދިއްޖެ

ދިވެހިން ދެކުނު އިންޑިއާ އާއި މެލޭޝިއާ ފަދަ ޤައުމުތަކަށް ދިއުމުގެ ބަދަލުގައި ސްރީ ލަންކާގައި ތިބެވޭނެ ގޮތް ހެދުމަށް، ދިވެހިންނަށް ޚާއްޞަ ވިސާއެެއްގެ އިންތިޒާމެއް ހަމަޖައްސައި ދޭން ދިވެހި ސަރުކާރުން ލަންކާ ސަރުކާރުގައި އެދިއްޖެއެވެ.

ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ އެ މައްސަލަ ކޮލޮމްބޯގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ލަންކާ ސަރުކާރާ ސީރިއަސްކޮށް ނަންގަވާފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ރައީސުން ވެސް އެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކު ރައްވައި، އަވަސް ހައްލެއް ހޯއްދެވުމަށް މަސައްކަތްކު ރައްވަމުން ގެންދަވާ ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި 2019 ގެ އީސްޓާ ސަންޑޭ ހަމަލާއަށް ފަހު ލަންކާ އިން ވިސާ އާއި އިދާރީ އިޖުރާއާތުތައް ހަރުކަށިކުރުމުގެ ސަބަބުން، ދަރިވަރުން ހިމެނޭ ގޮތަށް ލަންކާ އަށް ދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެ އެވެ. ކަމަށެވެ.

އަދި މިހާރު ވިސާ ޕްރޮސެސްގައި ގިނަ ލިޔެކިޔުންތަކާއި ބޭންކް ޑިޕޮޒިޓް ބެހެއްޓުން ފަދަ ޝަރުތުތައް ހިމެނޭކަން އޭނަ ފާހަގަކުރެއްވި އެވެ.

މުންދު ވިދާޅުވީ އަވައްޓެރި ލަންކާ އަކީ ގިނަ ދިވެހިންނަށް ދެވަނަ ވަޒަން ކަހަލަ ގައުމެއް ކަމަށެވެ. އެހެންވެ ވިސާގެ ކަންކަން ލުއިވުމަކީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ލަންކާ އަކީ ދިވެހިން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ގައުމެވެ.