Last Updated: June 4, 13:43
Thursday, June 4, 2026
ޚަބަރު

'އަދަދު' ނޫހުގެ މައްސަލަ އަކީ ބަލަން ޖެހޭ ކަމެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހިލޭ އަންހެނަކާ އެކު ކައިވެނިން ބޭރުން ގުޅުން ހިންގެވި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީގެ މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އެ ނޫސް ހިންގާ އޮފީސް ރޭ ރެއިޑްކޮށް، ނޫހުގެ ބައެއް ވެރިންގެ ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓާފައިވާ އިރު، މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ކަށަވަރުކޮށް ދީފައިވީ ނަމަވެސް، އެއީ ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫން ކަމަށެވެ.

އިހްސާން ވިދާޅުވި އަދަދު ނޫހުގެ މައްދަލަ ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަނީ ޤާނޫނުގެ އިސްތިިޤްލާލު ދެމެހެއްޓުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނުއަސާސީީ ޙައްޤުތައް ހިމާޔަތްކުރުމަށް ކަމަށެވެ.

އޭނަ ވިދާޅުވީ މިނިވަންކަމާއެކު ޒިންމާދާރުކަން އޮންނަން ވާނެ ކަމަށާއި ޖަވާބުދާރީވުމެއް ނެތް މިނިވަންކަމެއް ނޯންނާނެ ކަމަށެބެ.

"ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ." އިޙްސާން ވިދާޅުވި އެވެ.