ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޒިނޭގެ ތުހުމަތުވާ ގޮތަށް 'އައިޝާ" ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.
އޭނަގެ ޕާސްޕޯޓް ހިފަހެއްޓި އިރު، އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި އަދަދު އިން ގެނެސްސިން ޑޮކިއުމަންޓަރީގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ އިރު، ރޭ ވަނީ ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް ތަކެތި ވެސް ގެންގޮސްފަ އެވެ.
ދަދުގެ އެޑިޓަރު ހަސަން މުހައްނަދު ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރުގައި އޭނާގެ ބައިވެރިވުން ޑޮކިއުމަންޓަރީ ނެރުމުގައި އޮތް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި އޭނަގެ ޕާސްޕޯޓް ހިފަހެއްޓީ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
'އައިޝާ' ޑޮކުމެންޓްރީއާ ގުޅޭ ގޮތުން ރައީސްގެ އިއްޔެގެ ނޫސްވެރިންގެ ބައްދަލުމުގައި އަދަދުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވެފައި ވަނީ އޭގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އެހެންވެ "ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.