Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ފަސްޓްލައިން މެނޭޖްމަންޓްގެ 14 ވަނަ ބުރު ފަށައިފި

ފްރަންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށްޓަކައި ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ފަށައި ފިއެވެ.

މި މަހުގެ 26 އިން ފެށިގެން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ހާއްސަކޮށްފައި ވަނީ ހުޅުމާލެ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށެވެ. އެގޮތުން ހުޅުމާލެ ޕޮލިހުގެ އެކި ޑިޕާޓްމަންޓުތަކުން 25 ފުލުހުންނާއެކު ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

މި ކޯހުގެ ސަބަބުން، ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިލްމާއި، ހުނަރު އިތުރުވެގެން ދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. އަދި ރައްޔިތުންނަށް ފޯރުކޮށް ދެވޭ ހިދުމަތް ހަރުދަނާ ކުރުމާއި އެ ކަންކަން ސުޕަވައިޒް ކުރުމަށް ގާބިލު ފުލުހުންތަކެއް އުފެދިގެން ދާނެ އެވެ.