Last Updated: May 16, 14:10
Thursday, May 16, 2024
ޚަބަރު

ނިހާން އަޅުގަނޑަށާއި އާއިލާއަށް ހަމަލާ ދިނުމަށް އެބަ ރާވާ، ސެކިއުރިޓީ ބޭނުން: ރޮޒޭ

ރައްޔިތުންގެ މަޖިލިސްގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) އާއި އޭނާގެ އާއިލާއަށް ހަމަލާ ދިނުމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ރައިސް އަހްމަދު ނިހާން ހަސަން މަނިކު މަސައްކަތް ކުރައްވަމުންދާ ކަމަށް ރޮޒޭ ވިދާޅުވެއްޖެއެވެ.

ރޮޒޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިހާން ބަޔަކަށް ފައިސާ ދީގެން އޭނާ އަށާއި އާއިލާގެ މެމްބަރުންނަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މަޖްލިސްގެ ސެކިއުރިޓީއަށް އެދިފައިވާ ކަމަށެވެ.

ރޮޒޭ މިފަދަ ގޮތަކަށް ވިދާޅުވެފައިވާ އިރު މަޖްލިސް ތަޅުމުގައި ނިހާން ވަނީ ރޮޒޭގެ މޫނަށް "އަނގަ ދޮވުނު ފެން" ޖަހާފައެވެ.

މި މައްސަލަ އާއި ގުޅިގެން ނިހާންގެ މެޑިކަލް ރިޕޯޓް ހޯދުމަށް ކޯޓަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަމުން ދަނިކޮށް، ނިހާން ވަނީ ޓީބީ އާއި އެހެނިހެން ބަލިތަކުގެ ޓެސްޓް ހެދުމަށްފަހު އެރިޕޯޓް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.