Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ނަފުސާނީ ދުޅަހެޔޮކަމަށް ޕްރޮގްރާމެއް ފަށަން މަޝްވަރާކޮށްފި

ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމު ފެށުމަށް ފުލުހުންނާއި ހެލްތު މިނިސްޓްރީން މިއަދު މަޝްވަރާކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

މީގެ އިތުރުން، މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކޮމިޝަނަރ ވަޒީރާ ހިއްސާކުރެއްވިއެވެ.

ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރަން ޕޮލިހާއި ހެލްތު މިނިސްޓްރީން މަޝްވަރާކުރިއިރު، އަމިއްލައަށް މަރުވުމުގެ ގިނަ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ އެހީ ދިނުމުގެ ދާއިރާ ހަރުދަނާކުރަން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.