Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހުޅުމީދޫ ހެލްތް ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ މިއަދު މެންދުރު ފަހު 13:50 އެހާކަންހާއިރު އެ ސެންޓަރުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާއަށް އަނިޔާވެފައިވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެމީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މާރާމާރީގައި އަނިޔާވި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

މި މައްސަލަ އާއި ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.