Last Updated: July 11, 12:07
Saturday, July 11, 2026
ކުޅިވަރު

ފުރަތަމަ ލެގުގައި ޕީއެސްޖީން ބަޔާން ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ޕީއެސްޖީން 5-4 އިން ބަޔާން މިއުނިކް ބަލިކޮށްފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ 17 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި ކްވިޗާ ކްވަރަޝްކޭލިއާ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ 33 ވަނަ މިނެޓްގައި ޖައޯ ނެވޭސްގެ ގޯލުން ޕީއެސްޖީން ވަނީ ލީޑު ނަގައިފަ އެވެ.

މެޗުގެ 41 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން އޮސްމާނޭ ޑެމްބެލޭ ވަނީ އަލުން ޕީއެސްޖީއަށް ލީޑު ނަގައިދީފަ އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީން ވަނީ ދެ ގޯލު ކާމިޔާބުކޮށް އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ދެ ގޯލު ކާމިޔާބުކޮށްދިނީ ކްވަރަޝްކޭލިއާ އާއި ޑެމްބެލޭ އެވެ.

މެޗުގެ 65 ވަނަ މިނެޓްގައި ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން ލުއިސް ޑިއާޒް ވަނީ ބަޔާންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. ބަޔާނުން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރާ ސެމީގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.