ރ. ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކުރީ ރޭ ކަމަށާއި ޒަހަމްވި މީހާ އަށް ދުވާފަރު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ، މިކަން އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
އިއްޔެ އައްޑޫ ހުޅުމީދޫގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.