Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ

މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި ވެ.

އެތަނުން މިއަދު އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ އިންފްލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ވެސް ހިއްސާކޮށްފަ އެވެ.

* އަތް ދޮވުން: ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
* މާސްކް އެޅުން: ބަލީގެ އަލާމާތް ހުރި ނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން
* ސާފުތާހިރުކަން: ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
* ބަލިވެއްޖެނަމަ: ގިނައިން ދިޔާ އެއްޗެހި ބުއިން އަދި ބަލި ބޮޑުވާނަމަ ޑޮކްޓަރަށް ދެއްކުން

އެޗްޕީއޭ އިން ވަނީ އަމިއްލަ ސާފުތާހިރު ކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރު އަޅައިފަ އެވެ.

މި ދުވަސްވަރު ރާއްޖޭގައި ޑެންގޫ ހުން ވެސް ފެތުރުން އިތުރުވެފައިވެ އެވެ.