އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި އޯޑިނަރީ ޕާސްޕޯޓްގައި އެ ގައުމަށް މިއަދުން ފެށިގެން ދަތުރު ކުރެވޭ ގޮތަަށް ހަމަޖެހިއްޖެ އެވެ.
އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި 90 ދުވަހުގެ މުއްދަތަށް ދަތުރު ކުރެެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ މިދިޔަ އަގަރުގެ ސެޕްޓެމްބަރު މަހުގެ 24 ގައިދެ ގައުމުން ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމާ ގުޅިގެން ހަމަޖެހުނު ފުރުސަތެކެވެ. އެގޮތުން އެއްބަސްވަށް މިއަދު ޢަމަލު ކުރަން ފެށުމާ އެކު، އޯޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެ އެވެ.
މިދިޔަ އަހަރުގެ ޖޫން 18 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފަ އެވެ.
ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަން ޖެހޭނެ އެވެ.
އަޒަރުބައިޖާންގެ ގައުމީ އެއާލައިން، އަޒަރުބައިޖާން އެއާލައިންސަކީ ރާއްޖެ އަށް ދަތުރު ވެސް ކުރާ އެއާލައިނެކެވެ.