Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

ވަރޫންގެ ފިލްމު ރަސްމީ ތާރީހަށް ރުޖޫއަކޮށްފި

ބޮލީވުޑްގެ ތަރި ވަރޫން ދަވަންގެ އާ ފިލްމު 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަންނަ މަހު ރިލީޒް ނިންމި ނިންމުން ކެންސަލްކޮށް، އޭގެ ރަސްމީ ތާރީހަށް ރުޖޫއަކޮށްފި އެވެ.

އެހެންވެ އޭނަގެ ބައްޕަ، ޑޭވިޑް ދަވަން ޑައިރެކްޓްކުރި ފިލްމު އަންނަ މަހުގެ 22 ގެ ބަދަލުގައި ސިނަމާތަކަށް އަންނާނީ ޖޫން މަހުގެ 5 އެވެ. އެ ތާރީހަކީ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ފުރަތަމަ ތާވަލުކުރި ތާރިހު ވެސް މެ އެވެ. ނަމަވެސް މި ފިލްމު މިދިޔަ މަހަށް އަވަސްކުރީ ކުރިން މި މަހު ރިލީޒް ކުރަން އޮތް، މަަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ 'ޓޮކްސިކް ' ޖޫން 4 އަށް ތާވަލު ކުރުމާ ގުޅިގެންނެވެ.

އެގޮތުން ޖޫން 12 އަށް ވަރޫންގެ ފިލްމު ފަސްކުރުމަށް ފަހު، ފަހުން ނިންމީ އަންނަ މަހުގެ 22 ގައި ރިލީޒްކުރާށެވެ.

ނަމަވެސް 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަލުން ޖޫން 5 ގައި ގެނެސްދޭން ނިންމިކަން މިއަދު އިއުލާންކުރީ 'ޓޮކްސިކް ' އަށް އާ ތާރީހެއް ހަމަޖައްސާނެކަން އެ ފިލްމުގެ ޓީމުން މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ. އޭގެ މާނަ އަކީ ޖޫން 5 ގައި އެ ފިލްމު ސިނަމާތަކަށް ނާންނާނެއޭ އެވެ.

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ވަރޫންއާ އެކު ލީޑް ބަތަލާއިންގެ ގޮތުގައި ފެންނާނީ މުރްނާލް ތާކޫރް އާއި ޕޫޖާ ހެގްޅޭ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް އަދި މަނޯޖް ޕަހްވާ ފަދަ ފަންނާނުން ހިމެނެ އެވެ.

މި ފިލްމަކީ ބައްޕައާ އެކު ވަރޫން މަސައްކަތް ކުރި ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކި 2020 ގެ ކޫލީ ނަންބަރު 1 އެވެ.

ވަރޫންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ.