ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ ހދ. ނޭކުރެންދޫ ޒުވާނަކު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ ހުސެއިން ޝިފާޒް (36އ) އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި ޝިފާޒު ރުކަކުން ވެއްޓުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަސައްކަތެއް ކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.
ޝިފާޒަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އިތުރު ފަރުވާއަށް މާލެ ގެނައި ފަހުންވެސް އޭނާ އޮތީ ހޭނާރާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.