ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމީދޫ ބްރާންޗްގެ ސިކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަން ބީއެމްއެލް އިން އިއުލާންކޮށްފި އެވެ.
އެ ބޭންކުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމީދޫ ބްރާންޗްގެ ސިކިއުރިޓީ ބަލަހައްޓައި ދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހު މައުލޫމާތު ސާފްކުރުމަށް ފަހު މި މަހުގެ 31 ވަނަ ދުވަހު އަންދާސީ ހިސާބު ބިޑިން ޑޮކިއުމެންޓްގައި ބަޔާން ކުރެވިފައިވާ މައުލޫމާތާ އެކު ހުޅުމީދޫ ބްރާންޗަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ބީއެމްއެލް އިން ބުނީ މައުލޫމާތު ސާފު ކުރުމަށް ނުދާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބީއެމްއެލް ހުޅުމީދޫ ބްރާންޗްގައި މިހާރު ސިކިއުރިޓީ ބަލަހައްޓަމުން ދަނީ މީދޫ ޝަޒުމީ އިންވެސްޓްމެންޓްގެ ފަރާތުންނެވެ. އެކުންފުންޏާ ބީއެމްއެލް ހުޅުމީދޫ ބްރާންޗްގެ ސިކިއުރިޓީ ބެލެހެއްޓުމަށް ހަވާލްކުރެވިފައިވާ މުއްދަތު މާޗް 31، 2013 ގެ ނިޔަލަށް ހަމަވާނެ އެވެ.