ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ސްރީ ލަންކާގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ، 42، އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަފގެ 48، ގެ އިތުރުން މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ، 50، އެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ އިއްޔެ ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް ކަމަށެވެ. އެވެ. އެ ގެ ބަލައިފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 24 ފުޅި އާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވެ އެވެ. މީގެ އިތުރުން، 38،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 1،100 އަށްވުރެ ގިނަ ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިން މީހުން ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.