Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އެމްޓީސީސީގެ ޑީއެމްޑީ ވަކިކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް ވަކިކޮށްފި އެވެ.

އެ ކުންފުނީގެ ޑީއެމްޑީއަކަޝް ޝަރީފް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ގަ އެވެ. އޭނަ މަގާމުން ވަކިކުރީ އިއްޔެ އެވެ.

ނަމަވެސް ޝަރީފް ވަކިކުރި ސަބަބެއް ސާނެއް ނުވެ އެވެ. އެކަމަކު ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވެސް މަދުކުރުމުގެ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރެވެމުންނެވެ.

ޅ. ހިންނަވަރަށް ނިސްބަތްވާ ޝަރީފަކީ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

އެމްޓީސީސީގެ އެމްޑީ އަކީ އަހުމަދު ސައުދީ އެވެ.