Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ރާއްޖެއިން ޗައިނާއިން ތެޔޮ ގަންނަން ފަށަނީ

ޗައިނާއިން އަންނަ މަހު ބޭރުކުރާ ތެލުގެ ޝިޕްމަންޓްތައް ގަންނަ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާ ކަމަށް "ރޮއިޓާސް"އިން ރިޕޯޓުކޮށް ފިއެވެ.

ރޮއިޓާސްއިން މިއަދު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މެއި މަހުގެ ތެރޭގައި 500,000 މެޓްރިކް ޓަނުގެ ތެޔޮ (ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް) ބޭރުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ.

އެގޮތުން ޗައިނާއިން ބޭރުކުރާ އެ ތެޔޮ ލިބޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލެންޑް އަދި ސްރީލަންކާ ހިމެނޭ ކަމަށް ޗައިނާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެ އެވެ.

މި ޝިޕްމަންޓްތަކުގައި ހިމެނޭ ތެލުގެ މަދުވެގެން 40 ޕަސެންޓަކީ ޑީސަލް އާއި ޖެޓް ފިއުލް ކަމަށް އޮފިޝަލުން ވަނީ ރޮއިޓާސްއަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.