Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ޕްރިޒަން އޮފިސަރުން ހޯދަނީ

ޕްރިޒަން އޮފިސާ ޓްރޭނީންގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ވަޒީފާތަކަށް މީހުން ހޯދަނީ މާފުށި ޖަލާއި އައްސޭރި ޖަލުގެ އިތުރުން އޯޕަން ޕްރިޒަން އައިލެންޑަށް ކަމަށެވެ.

ޕްރިޒަން އޮފަސަ ޓްރޭނިންގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެވް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވުމެވެ.

މަގާމަށް ކުރިމަތިލާ މީހުން ވާން ޖެހެނީ 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހުންނަށެވެ.

ޕްރިޒަން އޮފިސަ ޓްރޭނީންގެ އަސާސީ މުސާރަ އަކީ މަހަކު މަހަކު 6،050ރ. އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި ކޮންމެ
މަހަކު 5،555ރ. ވެސް ލިބޭނެ އެވެ. ޓްރެއިނިން އަށް ފަހު މުސާރަ އާއި އެލަވަންސްތަކާ އެކު މަހަކު 15،905ރ. ލިބޭނެ އެވެ.

އެހެންވެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަންބަރަށް 3026114 ގުޅައިގެންނާއި މި ނަންބަރު 9112451 އަށް ވައިބާކޮށްގެން ހޯދޭނެ އެވެ.