ވަރަށް ގިނަ ބައެއްގެ މެދުގައި ސުޕަހީރޯ އެކްޝަން ކެރެކްޓާއެެއްގެ ގޮތުގައި މަޝްހޫރުވި 'ހީ-މޭން' ވުޖޫދަށް ގެނެސްދިން ރޮޖާ ސްވީޓް މަރުވެއްޖެ އެވެ.
އެމެރިކާގެ މަޔާމީ އުފަން ރޮޖާ އުމުރުން 91 އަހަރުގައި މަރުވީ ޑިމެންޝިއާ އަށް ފަރުވާ ހޯދަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން އަންގާރަ ދުވަހު އެވެ. ރޮޖާގެ އާއިލާގެ ފަރާތުން އަންހެނުން ނެރުނު ބަޔާނެއްގައި ބުނީ އޭނަ މަރުވީ ކެއާ ފެސިލީއެއްގައި ކަމަށެވެ.
މުޅި ދުނިޔޭގައި ވެސް މަޝްހޫރު، ބާބީ ވެސް ހިމެނޭ ގޮތަށް ކުޅޭ ސާމާނު އުފައްދާ އެމެރިކާގެ ކުންފުުނި، މެޓެލްގެ ޕްރިލިމިނަރީ ޑިޕާޓްމަންޓްގެ ލީޑް ޑިޒައިނަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ރޮޖާ އަކީ 1982 ގައި ވުޖޫދަށް ގެނައި 'މާސްޓާ އޮފް ދި ޔުނިވާސް' ޓޯއި ލައިން ނުވަތަ 'ހީ-މޭން' ގެ މޭސްތިރިޔާ އެވެ.
އެ ކެރެކްޓާ ހިމަނައިގެން މިހާތަނަށް ވަރަށް ގިނަ އުފެއްދުންތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި ފިލްމުތަކާއި ކާޓޫން ފިލްމުތަކާއި ސީރީޒްތައް ހިމެނެ އެވެ.