Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

ރާއްޖެ އަންނަ އެއާލައިންތަކަށް ލުއިކޮށް ދިނުމަށްޓަކައި ދޭން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.

ކްރައިސިސް ކޮމެޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖެޓް ފިއުލްގެ އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާތީ އެކަމުން ކުރިމަތިވެދާނެ ދަތިތަކުން އަރައިގަންނަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެކު ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ޖެޓް ފިއުލްގެ އަގު ލިޓަރަކުން 0.25 ސެންޓް ހެޔޮކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޖެޓް ފިއުލްގެ އަގު އެމްއޭސީއެލުން ބޮޑުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު 1.19 ޑޮލަަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.69 ޑޮލަރަށް ބޮޑުކުރި އެވެ.

އެމްއޭސީއެލުން އޭރު ބުނެފައި ވަނީ ޝަރީފް ޖެޓް ފިއުލްގެ އަގުބޮޑު ކުރަން މަޖުބޫރުވީ މެދުއިރުމަތީގެ ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށެވެ.