Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ކިނބިދޫގައި ތޫނު އެއްޗަކުން މީހަކު ޒަހަމްކޮށްލައިފި

ތ. ކިނބިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ ބުނީ މާރާމާރީއެއްގައި ރޭ 8:40 އެހާކަށްހާ އިރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި މީހާ އަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ފަހުން ވަނީ ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އަންގާރަ ދުވަހު އައްޑޫ ހުޅުދޫގައި އަދި އިއްޔެ ރޭ ރ. ދުވާފަރުގައި ވެސް ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމްކޮށްލާފައިވެ އެވެ.