އދ. މަންދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ޝަހީމާ ޝިހާބު ޕީއެންސީއާ ގުޅިއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީއާ އޭނަ ގުޅި، މެންބާޝިޕް ފޯމް އިއްޔެ ވަނީޕާޓީއާ ހަވާލުކޮށްފަ އެވެ.
ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޝަހީމާ ބައިވެރިވި އިރު، އޭނަގެ ފޯމާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް އެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި ޝަހީމާ ބުނީ އޭނާ އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައި ކަމަށް ވިޔަސް އެ ޕާޓީ ދޫކޮށްލައި، ޕީއެންސީއާ ގުޅުނީ ރަށަށް ތަރައްގީ ގެނެވޭނީ ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
މި މަހުގެ 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު ކައުންސިލަރުން ހުވާ ކުރާނީ އަންނަ މަހުގެ 17 ގަ އެވެ.