Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

ގައުމީ އަންހެން ފުޓްބޯޅައިގެ ކޯޗަކަށް ސޮބާ

އަންނަ މަހު އިންޑިއާގައި ބާއްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގެ ކޯޗަކަށް، ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައިފި އެވެ.

ސާފްގެ އަންހެން ފުޓުބޯޅަ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ގޯއާގެ އެވެ. އެ މުބާރާތުގެ މެޗުތައް ކުރިއަށް ކުޅޭނީ ފަޓޯޑާ ސްޓޭޑިއަމްގައެވެ.

މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 25 އިން ޖޫން 5 އަށެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން މިހާތަނަށް އަށް ފަހަރަކު ވާދަކޮށްފައިވާ އިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 2016 ގަ އެވެ. އެފަހަރު ރާއްޖޭން ވަނީ މުބާރާތުގެ ސެމީގައި ކުޅެފަ އެވެ. އަދި އެ ފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށްފަ އެވެ.

ސޮބާ އަންހެން ގައުމީ ޓީމާ ހަވާލުވެފައި ވަނީ އޭގެ ކުރިން 17 އަހަރުން ދަށުގެ ޓީމާވެ ސް ހަވާލުވެ ހުރެގެންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ފެންވަރުގައި ކުޅުނު ސޮބާ އަކީ މިހާރު ތަޖުރިބާކާރު ކޯޗެކެވެ.

މި އަހަރުގެ ސާފް އަންހެން މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ ވަރުގަދަ އިންޑިއާ އަދި ބަންގްލަދޭޝްއެވެ. އިންޑިއާ އަކީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ގައުމެކެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ބަންގްލަދޭޝް އެވެ. އެ ގައުމުން ދެ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައިވެ އެވެ

މި އަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނެވެ.