Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

"ލަމްހާ" ދައްކަން ފަށައިފި

ޑައިރެކްޓަރު މުހައްމަދު ހިލްމީ ވަރަށް ގިނަ ޒަމާންތަކެއްގެ މެދުކެނޑުމަކަށް ފަހު ހެދި ފިލްމު "ލަމްހާ" އޮލިމްޕަހުގައި ރޭ ޕްރީމިއާކޮށްފި އެވެ.

ހިލްމީ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރި ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އައިޝާ އަލީ އެވެ. ލަމްހާގެ މައިގަނޑު ކާސްޓްގައި އޭނަގެ އިތުރުން ހިމެނެނީ އަހުމަދު ޝާރިފާއި ނުޒުހަތު ޝުއައިބްގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.

މި ފިލްމު ރޭ އޮލިމްޕަހުގައި ޕްރީމިއާކުރުމާ އެކު މިހާރު ވަނީ ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

"ލަމްހާ" އަކީ މި އަހަރު އެޅުވި ހަތަރު ވަނަ ފިލްމެވެ. އެންމެ ފަހުން އޮލިމްޕަހުގައި ދެއްކީ މި އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ގެނެސްދިން އަލީ ސީޒަންގެ ބިރުވެރި ފިލްމު "ޕަރީ" ގެ ދެވަނަ ބައި "ޕަރީ: ޗެޕްޓާ 2" އެވެ.

"ލަމްހާ" ގެ ޑައިރެކްޓަރު ހިލްމީ އަކީ ކުރީގެ ފިލްމުތައް ކަމަށްވާ "އިހްސާސް" އާއި "ޗުއްޓީ" ގެނެސްދިން ޑައިރެކްޓަރެވެ.