Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ވެންޑަރުން ރަޖިސްޓްރީވާން ފުރުސަތެއް

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި އެވެ.

މިއީ ހުރިހާ ބާވަތެއްގެ މުދަލާއި ޚިދުމަތް ދޭ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލި ފުރަތަމަ ފަހަރެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް އެސްއެމްއީ ޑިޖިޓަލްގައި ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ އޮންނާނެ ކަމަށެވެ. މީގެ ބޭނުމަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ގަތުމަށް ހުށައަޅާ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ ތަންތަން އިތުރުކޮށް ދިނުމެވެ.

ރަޖިސްޓްރީވާކަށް ވަކި ސުންގަޑިއެއް އެސްއެމްއީ ޑިޖިޓަލް އިން ކަނޑައަޅައިފައެއް ނެތެވެ.

އެ ކުންފުނިން ބުނީ ވެންޑަރުން ރަޖިސްޓްރީކުރުމުގެ ސަބަބުން އޮޅުވާލައިގެން ފައިސާ ހޯދައި މުދަލާއި ޚިދުމަތް ނުލިބިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި އަމާޒަކީ އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ތަނެއްގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އަމަލީ ގޮތުން ބައިވެރިވާ މުއައްސަސާއަކަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.