ސައުދީ އަރަބިއްޔާގެ ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ގަން އެއާޕޯޓުން ޝައިހަށް މަރުހަބާ ދެންނެވީ މޭޔަރު އަލީ ނިޒާރެވެ.
ދަ ޓްރެވެލާ އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ސިޓީތަކުގައި ކުރިއަށް ގެންދާ ޝައިހް އާސިމްގެ ދަރުސް ޕްރޮގްރާމްގެ ތެރެއިން މިރޭ ބާއްވާ ތިން ވަނަ ދަރުސް އޮންނާނީ އައްޑޫ ހައި ސްކޫލްގަ އެވެ. މިރޭ 8:30 ގައި ފަށަން ހަަޖެހިފައިވާ ދަރުހުގެ މައުޟޫ އަކީ 'ދަ ޖާނީ ޓު ﷲ' އެވެ.
ޝައިހް އާސިމްގެ ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ އޮތީ ކުޅުދުއްފުށީފަ އެވެ. އަދި ރޭ ދަރުސް ދެއްވީ މާލޭގަ އެވެ.
އައްޑު އަށް ފަހު ޝައިހް އާސިމް ދަރުސްތައް ދެން އޮންނާނީ ފުވައްމުލަކާއި ތިނަދޫގަ އެވެ.
ޝެއިހްގެ މި ދަރުސް ޕްރޮގްރާމްގައި ދީނީ މުހިއްމު މައުޟޫތަކަށް ދަރުސް ދެއްވައި ދީނީ ގޮތުން އާންމުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތައް ސާފު ކުރުމަށްޓަކައި ސުވާލު ކުރުމުގެ ފުރުސަތު ދެ އެވެ.