މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއޭސީއެލް އިން ވަނީ އެ މަގާމުގައި ހުންނަވައިގެން ލަމްއާން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
މި ބަދަލާއެކު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފު އެކަންޏެވެ.
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް ލަމްއާން އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.