Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

އައްޑޫން މައްކާ އަށް ދަތުރު ފަށާނީ ޖުލައިގައި

އައްޑޫ ގަމުން ސީދާ މައްކާ އަށް ކުރަން ހަމަޖެހިފައިވާ އުމްރާ ދަތުރުތައް ޖުލައި މަހު ފަށަން ނިންމައި އެ ދަތުރުތަކުގެ އަގު ވެސް އިއުލާންކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން މި ދަތުރުތައް އިންތިޒާމުކުރާ ދަ ޓްރެވެލާ އިން ބުނީ ސީދާ އައްޑޫން ޖުލައި އާއި ޑިސެމްބަރު މަހު އުމްރާ އަށް ދެވޭނެ ކަމަށެވެ. އެ ދަތުރުތަކުގެ ބުކިންސް އަށް މިހާރު ހުޅުވާލާފައިވާ އިރު، މި ދަތުރުތަކުގެ އަގަކީ 29،999ރ. އެވެ.

އެހެންވެ މިއީ އުމްރާ އަށް ދާން ސައުދީ އަރަބިއްޔާ އަަށް ކުރަން ޖެހޭ ދަތުރަށް މާލެ ނުގޮސް ކުރަން ޖެހޭ ހަރަދަށް ބަލާ އިރު، 5،000ރ. އަށް ވުރެ ބޮޑު އަދަދެއްގެ ލުއެކެވެ. އުމްރާ އަށް ދާން އައްޑޫން މިހާރު މީހަކު ފުރާ ނަމަ މާލެ ދާން ކުރަން ޖެހޭ ހަރަދާ އެކު ދަތުރުގެ އަގު 33400ރ. އަށް އަރާނެ އެވެ.

އަންނަ އަހަރުގެ ރޯދަ މަހުގެ ފަހު 15 އަށް ސީދާ އައްޑޫން މައްކާ އަށް ގޮސް އުމްރާ ކުރެވޭނެ ފުރުސަތަކަށް ވެސް ދަ ޓްރެވެލާ އިން ވަނީ ހުޅުވާލައިފަ އެވެ. އެ ދަތުރުގެ އަގަކީ 47,999ރ. އެވެ.

އެހެންވެ ސީދާ އައްޑޫން މައްކާ އަށް ގޮސް އުމްރާގެ އަޅުކަން އަދާކުރަން ދަ ޓްރެވެލާ އިން މި ފަހިކޮށްދޭ ފުރުސަތުގެ ސަބަބުން އައްޑޫގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް މިއީ ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.

ދަ ޓްރެވެލާ އިން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުތަކަށް 9998468 އާއި 9476612 އަށް އިބާ/ވަޓްސްއެޕްކޮށްގެން ހޯދޭނެ ކަމަށެވެެ.