Last Updated: July 18, 16:44
Saturday, July 18, 2026
ޚަބަރު

ކޮންމެ މަސައްކަތްތެރިއަކީ ޝަރަފްވެރިއެެއް: ރައީސް

އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ ކޮންމެ މަސައްކަތްތެރިޔަކީ ވެސް ޝަރަފްވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ކޮންމެ މަސައްކަތްތެޔަކީ ވެސް ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއް ކަމަށެވެ.

"ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަނީ، ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީ ވެސް، އަދި މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށްކަން ޤަބޫލުކުރަމުން." ރައީސް ވިދާޅުވި އެވެ.

އެހެންވެ އެކަމަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު މަސައްކަތްތެރިންނަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވި އެވެ.