Last Updated: July 18, 16:44
Saturday, July 18, 2026
ޚަބަރު

އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފި އެވެ.

އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވީ މިއަދު އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އީސީގެ މެންބަރު ކަމަށް ޒާހިދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މުހައްމަދު ޒާހިދު ވަނީ މީގެ ކުރިން އެޗްއާރްސީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.