Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް

ޕީއެންސީގެ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސަވައިފި އެވެ.

ޕީއެންސީން ބުނީ އެ ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަންކޮށްފައިވާ ކަމަށެވެ.

ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.