އިއްޔެ ފާހަގަކުރި މޭޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ތުރުކީގައި ބޭއްވި އެއްވުމަކުން 500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ވެރިރަށް އިސްތަންބޫލްގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރީ 2013 އިން ފެށިގެން އެއްވުން މަނާކޮށްފައިވާ ތަކްސިމް ސްކެއާ އަށް އިއްޔެގެ އެއްވުުމުގެ ބައިވެރިން އެއްވާން މަސައްކަތް ކުރުމާ ގުޅިގެން އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ފުލުހުންގެ ވަނީ އެއްވުމުގެ ބައިވެރިންގެ ތެރެއަށް ކަރުނަ ގޭސް ވެސް ޖަހައިފަ އެވެ.
މޭޑޭގެ އެެއްވުން ތުރުކީގެ ބޮޑެތި ގިނަ ސިޓީތަކުގައި އިއްޔެ ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ސިޓީތަކުގެ އާންމު ބޮޑެތި މައިޒާންތަކަށް އާންމުން އެއްވެ މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލާފައިވެ އެވެ.