މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މެޑިކަލް ކޭމްޕެއް ކަރެކްޝަންސް އިން ހިންގައިފި އެވެ.
ބުރާސްފަތީގައި ކުރިއަށް ގެންދިޔަ މި މެޑިކަލް ކޭމްޕްގައި ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ލޮލުގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮ ށްދީފައިވެ އެވެ. އެގޮތުން 60 ޤައިދީންނާއި ބަންދު މީހުންނަށް ކޮންސަލްޓޭޝަން ދީފައިވެ އެވެ.
އަންހެން ޤައިދީންނާއި ބަންދު މީހުންނަށް ޚާއްސަކޮށް ހުޅުމާލެ ހޮސްޕިޓަލްގެ ކެންސަރު ބައްޔާ ބެހޭ ޑިޕަރޓްމަންޓް މެދުވެރިކޮށް އަންހެނުނަށް ޖެހޭ ކެންސަރު ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކެންސަރު ބައްޔަށް ސްކްރީން ވެސް ކޮށްފައިވެ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ސެޝަންއެއް ބާއްވައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ކައުންސެލިން ދިނުން ވެސް ކޭމްޕްގައި އޮތެވެ.
ކަރެކްޝަންް އިން ބުނީ އައްސޭރި ޖަލުގައި ވެސް މާޗް މަހުގެ 13 ގައި ދުންފަތުގެ އިސްތިޢުމާލު ކުރު މާބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ސެޝަން ކުރިއަށް ގެންގޮސް، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ކައުންސެލިން ދިނުމާއި ފަރުވާ ދޭން ފަށާފައިވެ އެވެ.