ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މި ޗުއްޓީ ދަތުރުގެ ފޮޓޯތަކެއް ދެ ތަރިންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. ދަރިފުޅު ވެސް ގޮވައިގެން ރާއްޖެ އަށް މި ފަހަރު މި ކުރާ ދަތުރުގައި ސިދާތާއި ކިއާރާ ތިބީ ދަ ނޯޓިލަސް މޯލްޑިވްސްގަ އެވެ.
ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިން ކައިވެނިކުރީ 2023 ގަ އެވެ. އަދި ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އަހަރު އެވެ. ސިދާތާއި ކިއާރާ އެކީގައި ވަރަށް ކާމިޔާބު ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ 2021 ގެ 'ޝޭރްޝާ' އެވެ.
ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ ރިތިކް ރޯޝަންގެ މިދިޔަ އަހަރުގެ 'ވޯ 2' އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ކޭޖީއެފްގެ ކަންނާޑާ ތަރި ޔާޝްގެ 'ޓޮކްސިކް' އެވެ. ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ޕަރަމް ސުންދަރީ' އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ 'ވަން: ފޯސެސް އޮފް ދަ ފޮރެސްޓް' އެވެ.
އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިރު، އެ ގައުމަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ.