މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ. ފޯމު ހުށަހަޅާނީ ގަވަރަމަންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3339274 އިން ހޯދޭނެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގަ އެވެ. މަސްވެރިންގެ ދުވަހަކީ ޑިސެންބަރު 10 އެވެ.
މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރީ ރ. ދުވާފަރުގަ އެވެ.