މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދާ ބަލާ އިރު، 30.1 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް ލިބުނީ 34.8 މިލިއަން ރުފިޔާ އެވެ.
ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2024 ގައި 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު މި އަހަރު ލިބުނީ 34.85 މިލިއަން ރުފިއާ އެވެ.
ޒަކާތު ހައުސް އިން ބުނީ ގޮތުގައި މި އަހަތުގެ ފުރަތަމަ ކުއާޓަރުގެ 3 މަހަށް ވަކިން ބަލައިލާއިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ވެސް އިތުރުވެފައިވެ އެވެ. އެގޮތުން އެންމެ ގިނައިން މުދަލު ޒަކާތް ލިބިފައި ވަނީ މާޗް މަހު އެވެ.
މުދަލު ޒަކާތުގެ ލިބޭ މިންވަރު އިތުރުވަމުން އަންނަނީ އެކަމަށް އާންމުންގެ ހޭލުންތެރިކަމާއި، ދީނީ ވާޖިބު އަދާކުރުމަށް އޮތް ޝައުޤުވެރިކަން ވެސް ބޮޑުވަމުން އަންނާތީ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ. މުދަލު ޒަކާތަށް ހޭލުންތެރިކަން އުފައްދަން މުޅި ރާއްޖޭގައި ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.