Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

ތިން އަތޮޅެއް ފިޔަވައި މުޅި ރާއްޖެ އަށް ވައިޓް އެލާޓް

ތިން އަތޮޅެއް ފިޔަވައި މުޅި ރާއްޖެ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

އެ އެލާޓް ނެރެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ކަމަށްވާ ގއ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ފިޔަވައި މުޅި ރާއްޖެއަށެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ.

އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ.

އެހެންވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.