Last Updated: June 21, 20:39
Sunday, June 21, 2026
ޚަބަރު

ޖަލަށް ތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރަށް

މާފުށީ ޖަލަށް މަނާ ތަކެތި ވައްދަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ، މާސް، މުޙައްމަދު ޝަހީރު، 28 ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު 17 ސްމާޓް ފޯނާއި 35 ޗާޖިން ކޭބަލާއި 29 ޖޮއިންޓާއި އެޑަޕްޓަރަކާއި ހަތަރު ކައްޓާ އާއި ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޝަހީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ޖަލަށް ތަކެތ ވައްދާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެހެންވެ މިކަން ހުއްޓުވަން މާފުށީ ޖަލުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި ބޭނުން ކުރަން ފަށާފައިވެ އެވެ.